Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ރައީސް ފުވައްމުލަކު ނޭޗާ ޕާކް ބައްލަވާލައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގެން ހަވީރު އެ ސިޓީގެ ނޭޗަ ޕާކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން ނޭޗާ ޕާކަށް ޒިޔާރަތްކުރެއްވުމުން ސިޓީ ކައުންސިލްގެ އެތަނާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވި އެވެ. އެ ޒިޔާރަތުގައި ފުވައްމުލަކަށް ނިސްބަވްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުވައްމުލަކު ނޭޗާ ޕާކް ހުޅުވީ ސެޕްޓެމްބަރު 14، 2018 ގަ އެވެ.

ނޭޗާ ޕާކަށް ރައީސްގެ ވަފުދު ކުރެއްވި ޒިޔާރަތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފުވައްމުލަކުގެ ގުދުރަތީ ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ވެސް ހަދިޔާކޮށް އެވެ. އަދި ނޭޗާ ޕާކު ފެންނަ ތަސްވީރެއް ވެސް ރައީސަށް ހަދިޔާކޮށްފައިވެ އެވެ.

ގުދުރަތީ ގޮތުން ތަފާތު ވެއްޓެއް ލިބިފައިވާ ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވެއް ވެސް މެ އެވެ. އެ ސިޓީ އަށް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވަކަށް ހަމަޖެހުނީ އޮކްޓޫބަރު 28، 2020 ގަ އެވެ.