މިދިޔަ ހަފުތާގެ ތެރޭގައި ކ. ގާފަރު ގެސްޓް ހައުސްއެއްގެ ތެރޭ މަރުވެފައި އޮއްވައި ފެނުނު ނާޖިލާ ލުތުފީގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް އޮތް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އއ. ބޮޑުފުޅަދު އަށް ނިސްބަތްވާ ނާޖިލާ، 27، މަރުވެފައި އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ތޭ ފެނުނީ އޭނަގެ ހަބަރެއް ނުވެގެން، ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރި ބެލުމުންނެވެ. ނާޖިލާގެ ހަށިގަނޑު ފެނުނީ މަރުވިތާ އެއް ދުވަސް ފަހުންނެވެ.
ފުލުހުން ބުނީ އެ މަރާ ގުޅޭ ތަގުގީގު އަދި އެއްކޮށް ނުނިމޭ ކަމަށާއި އެކަމަކު މިހާތަނަށް ތަހުގީގަށް އެ މަރުގައި އިތުރު އެއްވެސް މީހެއްގެ ދައުރެއް އޮތްކަން ފާހަގަކުރެވިފައި ނެތް ކަމަށެވެ.
މާލެ އިން ގާފަރަށް ގޮސް ނާޖިލާ ގެސްޓްހައުސްގައި ހުރީ އެކަންޏެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ ރަށަށް ދިޔައީ ވެސް އެކަންޏެވެ.