Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

މިފްކޯ މަސްދަޅުގެ އާ ދެ ރަހައެއް މިއަދު ނެރެނީ

ކުރިއަށް އޮތް ރޯދަ މަހާ ވެސް ދިމާކޮށް މިފްކޯ އިން އެ ކުންފުނީގެ މަސްދަޅުގެ އާ ދެ ވައްތަރެއް މިއަދު ނެރެން ނިންމައިފި އެވެ.

ސަރުކާރުގެ މަސްކުންފުނިން ބުނީ މިއަދު ހަވީރު ހުޅުމާލޭ ފޭސް ދޭއްގައި ފަށާ އިވެންޓެއްގައި ނެރެން ނިންމާފައި ވަނީ ޒައިތޫނި ތެލުގައި ކަނޑުމަސް ބަނޑައިދުލާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސްދަޅު ކަމަށެވެ.

މި ދެ ބާވަތުގެ މަސްދަޅު ނެރެން ބާއްވާ އިވެންޓް މިއަދު ހަވީރު 5:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން މިހާތަނަށް މަސްދަޅުގެ ވަރަށް ގިނަ ވައްތަރުތައް ބާޒާރަށް ނެރެފައިވެ އެވެ. އަދި މި އުފެއްދުންތަކަށް އަބަދު ވެސް ބޮޑު ޑިމާންޑެއް އޮވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ރޯދަ މިފްކޯގެ ހުރިހާ އުފެއްދުމެއް ވެސް ހުސްނުވެ ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ.