ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ މީހެކެވެ.
މި މައްސަލައިގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އުމުރުން 11 އަހަރުގެ ކުއްޖެކެވެ.