Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ސްޓެލްކޯގެ އޮންލައިން ހިދުމަތްތައް މެދުކެނޑިއްޖެ

ރެންސަމްވެއަރ ހަމަލާއަކާ ގުޅިގެން ސްޓެލްކޯގެ އޮންލައިން ހިދުމަތްތައް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެ.

މި އެޓޭކާއި ގުޅިގެން، ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރުވަގުތު ނަގާނެކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، ސްޓެލްކޯގެ އައިޓީ އިންޖީނިއަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.