އައްޑޫސިޓީގެ މަގުހެދުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް އައްޑޫގެ މަގުތައް ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އައްޑޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ފެން ހިންދާ ނިޒާމުވެސް ގާއިމު ކުރެވިގެންދާނެއެވެ.
އައްޑޫ ސިޓީގައި މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަޕްޑޭޓް #PSIPmv pic.twitter.com/yZZRmfMWVV
— Government of Maldives (@governmentmv) March 27, 2022
ރައީސް ސޯލިހް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީވެސް ހުޅުވައިދެއްވާފައެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވެއެވެ. ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވައެވެ.