Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

އައްޑޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި އެވެ.

މަސްދިޖު އިބްރާހިމް ހުޅުއްވައިދެއްވީ މިރޭ އިޝާ ނަމާދުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި މިސްކިތަކީ ހިތަދޫގެ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލް ސަރަހައްދުގައި ހުރި މިސްކިތަކީ މިހާރު އައްޑޫގައި ހުރި އެންމެ ރީތި އެއް މިސްކިތްކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ސޯލިހު އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް އިފްތިތާހުކޮށްދެއްވާފަ އެވެ.