ދާދި ފަހުން އުފައްދައި އަދި މިހާރު މަސައްކަތްތައް ވެސް ފަށާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ޓްރެނޭނިން ސްކޫލަށް ބްރޭންޑެއް އުފައްދައިދޭން ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުގައި ހިއްސާވާ އައިލޭންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 21 އާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން އަންނަ މަހުގެ 5 ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 7 ގައި މާލޭގައި ހުންނަ ދާރުލް އަލް އީމާން އިމާރާތުގައި އޮންނާނެ އެވެ. އެއީ އެ ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ އަކީ އައިއޭއެސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ތަނެކެވެ. ސަަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި އޭވިއޭޝަން އެކަޑެމީ މެނޭޖްކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.