ފޭދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޕީޕީއެމް ޕްރައިމަރީ އިބްރާހިމް ދީދީ (އައިބީ) ކާމިޔާބްކޮށްފި އެވެ.
އައިބީ ޕްރައިމަރީ ކާމިޔާބުކޮށްފައި ވަނީ 432 ވޯޓުންނެވެ.
އަހުމަދު މަރުޒޫގު (މަރާ) އަށް ލިބިފައި ވަނީ 191 ވޯޓެވެ. އަދި މުހައްމަދު މުއުމިން (މޫނާ) އަށް 61 ވޯޓު ލިބުނު އިރު ހައްވާ ޒާހިރާ (އެސްޓީއޯ ހައްވަ) އަށް ލިބިފައި ވަނީ 50 ވޯޓެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ އައިބީ ކާމިޔާބު ކުރުމާ ގުޅިގެން އޭނާ ވާދަ ކުރަން ޖެހޭނީ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރި އައްލާގެ ނިހާދު އާއި އަމިއްލަ ގޮތުން ވާދަ ކުރާނެ ކަމަށް އިއްލާންކޮށްފައިވާ އިމާދު ސޯލިހާ އެވެ.
އައްޑޫގައި ޕީޕީއެމްއިން ބާއްވަން ހަމަޖެއްސި ހުރިހާ ޕްރައިމަރީއެއް މިހާރު ވަނީ ބާއްވާ ނިމިފަ އެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާ އަށް ނިކުންނާނީ މުހައްމަދު ޝާހިދު (ޝާޑް) އެވެ.
ހިތަދޫ މެދު ދާއިރާއިން ހިޔަލީ މުހައްމަދު ރަޝީދު ޓިކެޓް ކާމިޔާބު ކޮށްފައިވާ އިރު ހިތަދޫ އުތުރު ދާއިރާ އިން ޓިކެޓް ކާމިޔާބް ކުރީ އަލްއުސްތާޒު އަލީ އިބްރާހީމެއެވެ.