މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައްކަންކުރާ ވަރުން މިހާރު ބޮޑު މުސީބާތަކަށްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ވައްކަމާ ހެދި ދިވެހި ރައްޔިތުންގެ އިތުރުން ރައީސް ނިސްބަތްވާ ޕާޓީ، އެމްޑީޕީ އަށް ވެސް މިހާރު މުސީބާތަކަށްވެއްޖެ ކަމަށެވެ.
"ކޯޓާއިން ވައްކަން. ސަރުކާރުގެ ރަމްޒަކީ ވައްކަން. ވައްކަން ނުކުރާ ކޮންމެ މީހަކު އެމްޑީޕީން ބާކީކުރަން ބާޢީ ސިއްކަ/ނާގާބިލު
ރައީސް ގެ ޓީމުން ފޫގަޅައިފި." ޖަމީލު ވިދާޅުވި އެވެ.
ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ރ.އިބޫގެ ސަރުކާރު ރައްޔިތުންގެ އިތުރުން އެމްޑީޕީއަށްވެސް މުސީބާތަކަށް ވެއްޖެ. ކޯޓާއިން ވައްކަން.ސަރުކާރުގެ ރަމްޒަކީ ވައްކަން. ވައްކަން ނުކުރާ ކޮންމެ މީހަކު އެމްޑީޕީއިން ބާކީކުރަންބާޢީ ސިއްކަ/ނާގާބިލް @ibusolih ގެ ޓީމުން ފޫގަޅައިފި. pic.twitter.com/FRpa0nsNoe
— Mohamed Jameel Ahmed (@MJameelAhmed) March 28, 2022
މި ފަހަކަށް އައިސް ޖަމީލު ގެންދަވަނީ ސަަރުކާރާއި ސީދާ ރައީސަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުއްވަމުންނެވެ. ރައީސް މި ވަގުތު ހުންނެވީ ރާއްޖޭހެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލަކާއި އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން އައްޑޫގަ އެވެ.
ޖަމީލުގެ އުފަން ސިޓީ، ފުވައްމުލަކަށް ރައީސް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. އަދި އައްޑު އަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. އައްޑޫ ދަތުރު މިއަދު ނިންމާލައި މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.