Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އައްޑޫން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް ހަފުތާއެއް

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫން އިއްޔެ ހައްޔަކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ ހަ މީހެއްގެ ބަންދުގެ މުއްދަތަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަފުތާއެއްގެ މުއްދަތު ޖަހައި ދީފައިވާ ކަމަށެވެ. ނަމަވެސް އަނެއް ތިން މީހުންގެ މައްސަލަ އަދި ކޯޓަށް ނުފޮނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ނަމަވެސް އެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެފަދަ ތުހުމަތުތަކެއް ކުރިން ވެސް ކުރެވުނު ބަޔަކާއި 18 އަހަރުން ދަށުގެ ކުދިންތަކެއް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ.