Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ދުވާފަރު މަގު ހެދުމުގެ ބޮޑު ބައި ނިމިއްޖެ

ރ. ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި 17،790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް 26 މާރޗް 2022 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 17،790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.