Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ގުރައެއް

ފުލުހުންގެ ބެލުމުގެ ދަށުގައި އިން ގުރައެއް އޭގެ ވެރިފަރާތް ސާބިތުކޮށް ދީފައި ގެންދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެ ގުރާގެ ފޮޓޯތަކަކާ އެކު ފުލުހުން ބުނީ ފުލުހުންނާ އެ ހަވާލުކުރީ އާންމުންގެ މީހެއް ކަމަށެވެ. އެހެންވެ "ރިންގް ނެކް" ގުރާގެ ވެރި ފަރާތް ހޯދަން އާންމުންގެ ސަމާލުކަމަށް ގެނައީ އެވެ.

ފުލުހުން ބުނީ އޭގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގޮސް ވެރިފަރާތްކަން ސާބިތުކޮށްދިނުމަށް ފަހު ގުރާ ގެންދަން އެދޭ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 9631696 އިން ހޯދޭނެ އެވެ.