Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ސްޓެލްކޯގެ އޮންލައިން ހިދުމަތްތައް އަލުން ދެނީ

ރެންސަމްވެއަރ ހަމަލާއަކާ ގުޅިގެން ހުއްޓިފައިވާ ސްޓެލްކޯގެ އޮންލައިން ހިދުމަތްތައް އަލުން ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރެންސަމްވެއަރ އެޓޭކާއި ގުޅިގެން މެދުކެނޑިފައިވާ ކުންފުނީގެ ޚިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް ހެޑް އޮފީހުން ހަމަޖެހިފައިވާނެ ކަމަށާއި، ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުންއައި ޚިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިފައެވެ.