ކުރިއަށް ރޯދަ މަހާ ވެސް ދިމާކޮށް އައްޑު އަށް ގިނަ އަދަދެއްގެ މުދާ ގެނެސްފި އެވެ.
އެމްއެސްއެސްގެ އެމްވީ ބޮންތީ 2 ގައި އައްޑޫ ސަރަހައްދީ ބަނދަރަށް ބޭލި ސާމާނުތަކުގެ ތެރޭގައި ރޯދަ މަހު އާންމުކޮށް ބޭނުންކުރާ މުހިއްމު އަސާސީ ބައެއް ބާވަތްތައް ހިމެނެ އެެވެ. އެގޮތުން 8،593 ބިސް ކޭހާއި 7،940 ފިޔާ ބަސްތާ އާއި 2،525 އަލުވި ބަސްތާގެ އިތުރުން 340 ބަސްތާ ކެބެޖާއި 348 ބަސްތާ ޓޮމާޓޯ އާއި 170 ދޮންކެޔޮގަނޑާއި 24 ބަސްތާ ބަރަބޮލާއި 980 ބަސްތާ ކަރަ އާއި 110 ބަސްތާ އަލަނާސި ހިމެނެ އެވެ.
— Hithadhoo Port Limited (@adduport) March 27, 2022
ހިތަދޫ ޕޯޓުން ބުނި ގޮތުގައި އެ އެއްޗެހި މިހާރު ވަނީ ކްލިއާކޮށް ވެސް ނިމިފަ އެވެ. ރޯދައާ ދިމާކޮށް މި ގެނައި ސާމާނުތަކުގެ ތެރޭގައި ގިނައީ އެސްޓީއޯގެ ތަކެއްޗެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.