Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ރަޝިއާގެ ގައުމީ އެއާލައިން ރާއްޖެ އަށް އަލުން އުދުހެނީ

ރަޝިއާގެ ގައުމީ އެއާލައިން އޭރޮފްލޯޓްގެ ދަތުރުތައް އަލުން ރާއްޖެ ފެށުމުގެ ހުއްދަ ދީފި އެވެ.

ރާއްޖެ އަށް އަލުން ދަތުރުތައް ފެށުމުގެ ހުއްދައަކަށް އެދި އެ އާލައިނުން ދާދި ފަހުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އަށް ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. އެހެންވެ އެތަނުން މިހާރު ވަނީ އެ އާލައިނުން އަލުން ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުރަހެއް ނެތްކަމާއި އެ އެއާލައިނުން ދަތުރުތައް އަލުން ފަށަން ބޭނުން އިރެއްގައި އެކަން އަލުން ފެށުމަށް މަގުފަހިވެފައި އޮތްކަން އަންގައިފަ އެވެ.

އެރޯފްލޯޓްގެ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލީ މި މަހުގެ 8 ގަ އެވެ.

ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އަން އެއް މަންޒިލެވެ. އެ އާލައިނުންގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓައިލަން ޖެހުނީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަމގުރާމައާ ގުޅިގެން ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެވެ.

އެރޯފްލޯޓުން މިހާރު އަންނަނީ އަންނަ މަހުގެ 8 ގައި ސްރީ ލަންކާ އަށް ވެސް ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ.