Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

އައްޑޫޣައި ހިންގާ މަތީ ސާނަވީ އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ކަމަށްވާ "އައްޑޫ ހައި ސްކޫލް". ފޮޓޯ/ އައްޑޫ ލައިވް

ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ލޯން ސްކީމްގެ ފުރުޞަތު އަންނަ މަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޢަލީ ވިދާޅުވީ މަތީ ތައުލީމުގެ ބަޖެޓަށް މި އަހަރު އެ މިނިސްޓްރީ އަށް ލިބުނީ މިދިޔަ މަހު 31 ގައި ކަމަށެވެ. އަދި އެ ބަޖެޓް ބައިކޮށް، މަތީ ތައުލީމަށް ހަރަދު ކުރާނެ ގޮތްތައް ކަނޑައަޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމިނަތު ވިދާޅުވީ މަތީ ތައުލީމަށް ހާއްސަކޮށްގެން މި އަހަރު ކަނޑައަޅާފައި އޮތީ ކުރީ އަހަރަށް ވުރެ ކުޑަ ބަޖެޓެެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ވަޢުދުވެފައިވާ 1،000 ލޯން ސްކީމްގެ ފުރުޞަތު މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމަށް 526 ދަރިވަރުން ކުރިމަތިލާފައިވާ އިރު އެންމެ ގިނަ ކުދިން އެދިފައި ވަނީ ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށްކަން ފާހަގަކޮށްލެވެ އެވެ.