Last Updated: April 29, 11:54
Monday, April 29, 2024
ޚަބަރު

ރޯދަ އަށް ހަނދުބެލުން ހުކުރު ދުވަހުގެ ރޭ

ރޯދަ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

މިނިސްޓްރީން ބުނީ އެހެން އަހަރަކުތަކާ ވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޒީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގަ އެވެ. އަދި މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ އެ ރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގަ އެވެ.

ރާއްޖޭގައި އާންމުކޮށް ހަނދު ސާބިތުކުރުމުގައި އަމަލުކުރަނީ ރާއްޖެ އަށް ހަނދު ނުފެނިއްޖެ ނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ގައުމަތަކުން ހަނދު ފެނުމާ ގުޅޭ ގޮތުން ނިންމާ ގޮތްތަކަށެވެ.