Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ކުރިއަށް ދާނީ އައްޑޫ/ފުވައްމުލަކުގެ ހިޔާލާ އެއްގޮތަށް: ރައީސް

އައްޑޫސިޓީ އަދި ފުވައްމުލައްސިޓީ ރައްޔިތުންގެ ހިލާޔާއެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފުވައްމުލައްސިޓީ އަދި އައްޑޫސީޓީއަށް ކުރި ދަތުރަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހް ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިކުރި ދަތުރުގައި ރައްޔިތުން ދެއްވި މެހެމާން ދާރީއަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދެ ސިޓީގެ ތަރައްޤީއާއި ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ދެއްވި ޚިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ރައީސް ސޯލިހް ފުވައްމުލައް އަދި އައްޑުއަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ހިޔާލު ހޯއްދަވާފައިވެއެވެ.

އަދި އައްޑުގެ ޕޮލިސް އެކަޑަމީ ހުޅުވުމާއި، ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމާއި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވާފައިވެއެވެ.