Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ސީޝެލްސްގެ ކުރީގެ ރައީސްއާ ރައީސް ބައްދަލުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ސީޝޭލްސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފަރުރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ސީޝެލްސްގެ ކުރީގެ ރައީސް، ކޯވިޑް-19ގެ ހާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާގޮތާއި އިޤްތިސާދީ ހަރާކާތްތަކާއި ފަތުރުވެރިކަމާއި ދެ ފަރާތުން އިސްކަންދޭ އެކި ކަންކަމާ ގުޅޭގޮތުން ޚިޔާލުބަދަކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްސީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްސީލުތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.