Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް ހުޒެއިފާ

ފެމެލީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު އައްޔަންކޮށްފި އެވެ.

ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހުޒެއިފާ އަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސް ޤާޟީކަމަށް އައްޔަނުކުރި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.

މިއީ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ޤާޟީކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.