Last Updated: June 30, 04:35
Monday, June 29, 2026
ކުޅިވަރު

ފުރަތަމަ ދެ މެޗް ފްރެންޑްސް އާއި އެސްއެމްޓީ އަށް

ރޭ ސ. ގަމުގައި ފެށި "ސްނިކާސް ސްޓްރީޓް ސޮކާ 2014" ހުޅުވި މެޗްގައި ހަބޭސް އާ ބައްދަލުކޮށް އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން ފްރެންޑްސް ކްލަބް 1-0 ލަނޑުން މޮޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މި މެޗްގެ ހަމައެކަނި ލަނޑު ފްރެންޑްސް ކްލަބަށް ކާމިޔާބްކޮ ށްދިނީ ހުޒެއިފަތު ރަޝީދެވެ.

ރޭ ކުޅުނު މުބާރާތުގެ 2 ވަނަ މެޗްގައި އެސްއެމްޓީ އާއި އަބާނީ ބައްދަލު ކުރި މެޗް 3-0 ލަނޑުން ކާމިޔާބް ކުރީ އެސްއެމްޓީގެ ޓީމެވެ.

މުބާރާތުގައި މިއަދު ފަސް މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ހަވީރު 4:15 ގައި ފަށާ މެޗްގައި ބައްދަލު ކުރާނީ ޔަންގް މެޖެންޓާ އާއި އައްޑޫ ސިޓީ ޕޮލިސް ޓީމެވެ. ހަވީރު 5:00 ޖަހާ އިރު ފަށާ މެޗްގައި ބައްދަލު ކުރާނީ ވިރެންޑް އެފްސީ އާއި ޔަންގް ވަންސް އެވެ.

މިރޭ 8:45 ގައި މަލްޓި ޖީނިއަސް އާއި އެފްވައިސީ ބައްދަލު ކުރާ އިރު މިރޭ 9:30 ގައި ފަށާ މެޗްގައި ބައްދަލު ކުރާނީ އެމްއެންޑީއެފް އާއި ވިވޭޝަސް އެވެ. އަދި 10:15 ގައި ފަށާ މެޗްގައި ކުޅޭނީ ކަޅަބެންޗާ އާއި މަރަދޫ ފޭދޫ ޓީމެވެ.

ވީބީ ބްރަދާސް އިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ ސްނިކާސް ޗޮކްލެޓް މެއިން ސްޕޮންސާ ކޮށްގެން، ވިކްޓޯރިއާ ޑިސްޓްރިބިއުޝަން އެތެރެ ކުރާ ބީ-52 އެނާޖީ ޑްރިންކް އޮފިޝަލް ޑްރިންކަކަށް ހަމަޖައްސާފައިވާ މި މުބާރާތަށް އައްޑޫގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 35،000ރ. އެވެ. އަދި ރަނައަޕް ޓީމަށް 10،000ރ. ވަނީ ކަނޑައަޅާފަ އެވެ.