Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ހިފުޒްކޮށް، ތާރާވީސްކުރާނީ 27 މިސްކިތެއްގައި

ފޭދޫ މަސްޖިދުލް ކައުސަރު. ފޮޓޯ/ އައްޑޫ ލައިވް

ކުރިއަށް އޮތް ރޯދަ މަހު އައްޑޫގެ މިސްކިތްތަކުގެ ތެރެއިން ހިފުޒްކޮށް، ތަރާވީހު ނަމާދުުކުރާނީ ޖުމްލަ 27 މިސްކިތެއްގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެތަނުން ބުނީ އިސްލާމިކް މިނިސްޓްރީން އެކަމުގެ ހުއްދަދިން މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 17 މިސްކިތަކާއި މަރަދޫގެ ތިން މިސްކިތަކާއި ފޭދޫގެ ތިން މިސްކިތަކާއި މަރަދޫފޭދުން މިސްތިތަކާއި ހުޅުދޫން މިސްކިތެއްގެ އިތުރުން މީދޫން ދެ މިސްކިތެކެވެ.

ހިތަދޫން ތަރާވީހު ނަމާދުކުރަން ހުއްދަ ދިން މިސްކިތްތަކުގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވި މަސްޖިދުލް އިބްރާހީމް ވެސް ހިމެނެ އެވެ.

* ހިތަދޫގައި ހިފުޒްކޮށް ތަރާވީސްކުރާ މިސްކިތްތައް:

މަސްޖިދުއް ޝޫރާ، މަސްޖިދުލް އިކްރާމް، މަސްޖިދުއް ރަޙުމަތި، މަސްޖިދު ޢަބުދުލް ޢަޒީޒް އިބްރާހީމް، މަސްޖިދުއްޒިކުރާ، ހުކުރު މިސްކިތް، މަސްޖިދުއް ސަލާމް، މަސްޖިދު ޒިންނޫރައިން، މަސްޖިދު ޢުމަރުލްފާރޫޤް، މަސްޖިދުއްސިއްދީޤް، އައިމަލި މިސްކިތް، މަސްޖިދުލް ހިދާޔާ، މަސްޖިދުއް ތަޤްވާ، މަސްޖިދުލް މަންނާނު (ފްލެޓް މިސްކިތް)، މަސްޖިދުލް އަބްރާރު، މަސްޖިދު އިބްރާހީމް އަދ
މަސްޖިދުއް ރަޙްމާން

* މަރަދޫގައި ހިފުޒްކޮށް ތަރާވީސްކުރާ މިސްކިތްތައް:

މަސްޖިދުލް އިޚްލާސް، މަސްޖިދުލް ޝަޢުބު އަދި މަސްޖިދުއްޝާފީ

* ފޭދޫގައި ހިފުޒްކޮށް ތަރާވީސްކުރާ މިސްކިތްތައް:

މަސްޖިދުލް ކައުސަރު، މަސްޖިދުލް ފަލާހު އަދި މަސްޖިދުލް މުނައްވަރު

* މަރަދޫފޭދޫގައި ހިފުޒްކޮށް ތަރާވީސްކުރާ މިސްކިތް:

މަސްޖިދުއްނޫރު

* ހުޅުދޫގައި ހިފުޒްކޮޑް ތަރާވީސްކުރާ މިސްކިތް:

މަސްޖިދު ޢަބުދުﷲ ބިން އިބްރާހީމް.

* މީދޫގައި ހިފުޒްކޮށް ތަރާވީސްކުރާ މިސްކިތްތައް:

މަސްޖިދު އިބްރާހިމް މަޖުދުއްދީން އަދި މާމިސްކިތް (ހުކުރު މިސްކިތް)

ކައުންސިލުން ބުނީ 27 މިސްކިތުގެ ތެރެއިން 13 މިސްކިތެއްގައި ތަރާވީސްކުރާނީ ބޭރުގެ ހާފިޒުން ކަމަށެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ސްރީ ލަންކާ އަދި އިންޑިއާގެ ހާފިޒުން ހިމެނެ އެވެ. އެ މީހުން މިހާރު ތިބީ އައްޑޫގަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.