Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅައިފިއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއިވަނީ މިއަދު އެވެ. މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާޙް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫއަކީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުންމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގާތުން މަސައްކަތްކުރާނެ ކަމަށެވެ.