ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން އާންމުކޮށްފި އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރުގެ މާލީ ބަޔާން އާންމުކޮށްފައިވާ އިރު، އެއިން ދައްކާ ގޮތުގައި ދެ ބޭންކެއްގައި އޭނަގެ ތިން އެކައުންޓް ހުޅުވާފައިވެ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓްގައި މި ވަގުތު 3،500ރ. އިން އިރު، ޑޮލަރުގެ އެކައުންޓްގައި އިނީ 1،400 ޑޮލަރެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓްގައި އިނީ 97،000ރ. އެވެ.
މާލީ ބަޔާނުގައިވާ ގޮތުން އަލީ ޒާހިރަށް މުސާރައިގެ ގޮތުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ލިބިފައި ވަނީ 431،669.93ރ. އެވެ. އަދި އޭގެ ބޭރުން އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. މީގެ އިތުރުން މިލްކިއްޔާތުގައި އަމިއްލަ މުދަލެއްގެ ގޮތުގައި ހުރީ ސައިކަލެއް އެކަންޏެވެ.
މީގެ އިތުރުން މާލީ ބަޔާނުގައިވާ ގޮތުން އަލީ ޒާހިރާއި އަންހެނުންގެ ނަމުގައި އެއްވެސް ލޯނެއް ނަގައިފައެއް ނެތެވެ.
އަލީ ޒާހިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކޮށްފައި ވަނީ ވަޒީރުން ފެންވަރުގަ އެވެ.