ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ފުރަތަމަ ޓަވަރު ނިންމައި ޖޫން މަހު ހަވާލުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީސީގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، ފުރަތަމަ ޓަވަރުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި، ހުރިހާ މަސައްކަތެއް އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށެވެ.
ޝާހު ވިދާޅުވީ ޖޫން މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި، އަދި އެ ފްލެޓްތަކަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަދު 1.2-1.3 މިލިއަން ރުފިޔާ އާ ދެމެދުގައި ހުރިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 1.9-2.2 މިލިއަން ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 2.4-2.6 މިލިއަން ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.