Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

42 ކިލޯގެ ޑްރަގްސް: އިތުރު މީހަކު ހައްޔަރަށް

މިދިޔަ ހަފުތާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއްގެ ތެރޭގައި ވަޅުލާގައި ހުއްޓައި ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކުރިން ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހުސައިންގެ އިތުރުން ހައްޔަރުކޮށްފައި ވަނީ މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދު، 46، ކަމަށެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަހުމަދުގެ ބަންދަށް 10 ދުވަސް ދީފައިވެ އެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޑްރަގް ފެނުނު މައްސަލައާ ގުޅިގެން ޕީއެންސީން ވަނީ ކައުންސިލް މެމްބަރުކަމުން އަހުމަދު ވަކިކޮށްފަ އެވެ.