Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭ މަޝްވަރާތަކެއް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޝްވަރާކޮށްފި އެވެ.

މިއީ ކޮމިޝަނަށް އަލަށް އައްޔަންކުރެވުނު މެމްބަރުންނާ އެކު ފުލުހުންގެ ބައްދަލުވުމެއް މި ގޮތަށް ބާއްވައި މަޝްވަރާކުރެވުނު ފުރަތަމަ ފަހަރެވެ. އޭސީސީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންނާ އެކު ބޭއްވި ބައްލުވުމާ ބެހޭ ގޮތުން އޭސީސީން ކުރި ޓްވީޓެއްގައި ބުނީ ދެ ފަރާތް ގުޅިގެން ތަހުގީގު ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލެވެ. އަދި މިކަން ހިނގާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.