ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ކަނޑޫދޫ މިރުހަށް ހާއްސަކޮށްގެން އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭން ފަށައި، އެ މިރުސް ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރަން ފަށައިފި އެވެ.
މެންހެޓަން ބިޒަންސް ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭން ފައްޓަވައި ދެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އާއްމުކޮށް ރޯދަމަސް ރަމްޒުކޮށްދޭން ކަރާ ބޭނުންކުރިޔަސް ކަނޑޫދޫ މިރުހަކީ މިހާރު ހަމަ ރޯދަ މަސް ރަމްޒުކޮށްދޭ ވަރަށް މަގުބޫލު ބާވަތެއް ކަމަށެވެ. އެހެންވެ އެ މިރުހާ އެކު މި އަހަރުރެ ރޯދަ ކެމްޕޭން ކުރިއަށް ގެންދަން ނިންމީ ކަމަށް ވިދާޅުވި އެވެ.
"We believe in the potential of #KandoodhooMirus, a sentiment that is echoed by the fans of the mirus across Maldives. It is because of this, we are joining hands with the Kandoodhoo community to further build Kandoodhoo Mirus as a globally renowned brand" CCO, Hussain Niyaz. pic.twitter.com/wHEuKZmeIm
— Ooredoo Maldives (@OoredooMaldives) March 31, 2022
"އާއްމުކޮށް އަޅުގަނޑުމެން ރޯދަ އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ސަގާފީ ކަންތައްތައް ނޫނީ ކުރީ ޒަމާނުގެ ހާދިސާތައް މި ގެނެސްދެނީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މި ފަހަރު އަޅުގަނޑުމެން ވިސްނީ އެބަޖެހެއޭ ރާއްޖޭގައި މިހާރު ކުރިއަށްދާ ޓްރެންޑަކަށް ބަދަލު ކޮށްލަން."
އުރީދޫގެ މި ކެމްޕޭނުގެ ދަށުން ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހެދުމާ އެކު އެ މިރުހާއި އެ މިރުހުގެ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކޭނީ އެ ރަށު ކައުންސިލްގެ ހުއްދައާ އެކުގަ އެވެ. އެހެންވެ މިއީ އުރީދޫން ކަނޑުދޫގެ ރައްޔިތުންނަށް ދިން ރޯދަ ހަދިޔާއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Every year, we focus our annual Ramadan campaign on cultural or historical events that reinforces the message of togetherness, kindness & building relationships. Today we launched this year's campaign, packed with special flavors & featuring the incomparable #KandoodhooMirus. pic.twitter.com/tSVr2LUU2d
— Ooredoo Maldives (@OoredooMaldives) March 31, 2022
ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހެދުމުގެ އިތުުރުން އެ މިރުސް ޕްރޮމޯޓްކުރަން ހާއްސަ ކަނޑޫދޫ މިރުސް. ކޮމްގެ ނަމުގައި ވެބްސައިޓެއް ވެސް ހަދާފައިވެ އެވެ. އެ ވެބްސައިޓް ބޭނުންކުރާނީ ކަނޑޫދު އާއި އެ ރަށުގެ ތާރީހާއި އެ ރަށުގެ މިރުހުގެ މައުލޫމާތު ހިއްސާ ކުރުމަށާއި މިރުސް ވިއްކައި މާކެޓު ކުރުމަށެވެ.
އުރީދޫން ބުނި ގޮތުގައި މި ކެމްޕޭނާ ދިމާކޮށް އެކު ހަދިޔާއެއްގެ ގޮތުގައި އެންޒީއާ ގުޅިގެން ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކެއް ވެސް ތައާރަފުކޮށްފަ އެވެ. އޭގެ ހާއްސަ ތިން ރަހައެއް އެ ޕެކްގައި ހިމެނޭ އެވެ.
“We are proud to see the works of our partnership with Kandoodhoo Council come alive today and we will continue to further develop and support the people of Kandoodhoo in their venture to reach greater heights.” Managing Director and Chief Executive Officer, Khalid Al-Hamadi. pic.twitter.com/U4k3yzef1N
— Ooredoo Maldives (@OoredooMaldives) March 31, 2022
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، އުރީދޫން އެ ރަށުގެ މިރުސް މާކެޓު ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ.
"މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މި ނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާތަކަކީ ކޮބައިތޯ ހޯދާ ބަލައި، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުން."