Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކޮންމެ ކުއްޖަކު ދިރިއުޅުމަށް އަހުލުވެރިވާން ޖެހޭ

ކޮންމެ ކުއްޖަކީ ގައުމަށްޓަކައި ޚިދުމަތްކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވާން އަޒުމް ކަނޑައެޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ދަރިވަރުންނަށް ގޮވާލައްވައިފި އެވެ.

ރޭ ބޭއްވި 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑްގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ސްކޫލު ދައުރުގެ ބައެއް ހަނދާންތައް އާކުރައްވައި ފައިސަލް ވިދާޅުވީ ސްކޫލު ދައުރުގައި އެ މަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންވެ ދަރިވަރުންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.