މާދަމާ އިން ފެށިގެން ޑޮކްޓަރުން ބަލި މީހުން ބަލާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.
ރޯދަ މަހާ އެކު އެތަނުގެ ހިދުމަތްތަކުގެ ތާވަލަށް ގެނައި ބަދަލުތަކަށް ބަލާ އިރު، ޖެނެރަލް އޯޕީޑީ އާއި ސްޕެޝަލިސްޓުންގެ ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.
ލޭ ހަދިޔާކުރުން ރޯދަ މަހު ކުރިއަށް ދާނީ ރޭގަނޑު 7:30 އިން ފެށިގެން ދަންވަރުޔ 12:00 އާ ހަމައަށެވެ. އަދި ތެލަސީމިއާ ކުދިންނަށް ލޭ އެޅުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށެވެ. މީގެ އިތުރުން ބޭސް އެޅުމުގެ ހިދުމަތް ލިބޭނީ ހުކުރު ނޫން ހުރިހާ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހު 1:30 އަށެވެ. އަދި ކުޑަކުދިންނަށް ވެކްސުން ދިނުން ރޯދަ މަހު ހޮސްޕިޓަލްގައި ކުރިއަށް ދާނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

ކޮވިޑް ވެކްސިން ރޯދަ މަހު ހޮސްޕިޓަލްގައި ދޭނީ ރޭގަނޑު 9:15 އިން 10:30 އަށެވެ. އަދި ލެބްރޯޓްރީގެ ހިދުމަތް ލިބޭނީ ހުކުރު ނޫން ހުރިހާ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށެވެ. މެޑިކަލް ޗެކަޕް ހެދުމުގެ ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 12:00 އަށެވެ. އެކަމަކު އިމަޖެންސީ ޓެސްޓްތައް ހެދުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ރަސްމީ ދުވަސްތަކުގައި އިމަޖެންސީ ހިދުމަތްތައް ފިޔަވައި ހޮސްޕިޓަލްގެ އާންމު ހިދުމަތްތައް ނުލިބޭނެ ކަމަށް އޭއީއެޗުން ބުންޏެވެ.