Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ބާރަށުގެ ނެރާއި ބަނދަރު ފުންކުރަން ފަށައިފި

ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުالله އާއި ބާރަށު ކައުންސިލްގެ ރައީސް ސޮފުވަތު މުޙައްމަދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފަ އެވެ.