Last Updated: July 13, 09:19
Monday, July 13, 2026
ޚަބަރު

ކަނޑުފަޅުތަކުގެ ދިރާސާ ހުއްދަތަކަށް ޕޯޓަލްއެއް

ކަނޑު ފަޅުތަކާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް ފިޝަރީޝް މިނިސްޓްރީން ދޫކުރާ ހުއްދައަށް އެދުން ފަސޭހަކޮށް ދިނުމުގެ ގޮތުން އޮންލައިން ޕޯޓަލްއެއް ލޯންޗްކޮށްފި އެވެ.

މިނިސްޓްރީން ބުނީ marineresearchpermit.egov.mv ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ޕޯޓަލް އަކީ ކަނޑުގެ ވެއްޓާ ބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކޮށް، އެގޮތުން ހޯދޭ މައުލޫމާތުތަކާއި އިލްމު އިތުރަށް މުއްސަނދިވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށެވެ.

ޕޯޓަލް ގެ މަގުސަދަކީ ރާއްޖޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޔުނިވަސިޓީތަކުންނާއި ޖަމިއްޔާ ޖަމާޢައްތަކުން ރާއްޖޭގެ ކަނޑުގެ ވެށީގެ ދިރާސާކުރުމަށް އިތުރަށް މަގުފަހިކޮށް ދިނުމެވެ.