ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "އިހިޔާ ފޯރަމް" މި ފަހަރު މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ގެނެސްދޭން ނިންމައިފި އެވެ.
މިނިސްޓްރީން ބުނީ އެ ފޯރަމް ގެނެސްދޭން ހަމަޖެހިފައި ރަށްތަކަކީ އައްޑޫ ހިތަދު އާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުށީގެ އިތުރުން ރ. ދުވާފަރުން ވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި މާލެ އެކީގައި ރަށްތަކަކުން "އިހުޔާ ފޯރަމް" ގެނެސްދޭ އިރު، މާލޭގައި ބާއްވާ ފެންވަރުގައި ރަށްރަށުން ވެސް ފޯރަމް ގެނެސްދޭނެ އެވެ. އެ ފޯރަމްތައް ޕީއެސްއެމުން ލައިވް ވެސް ކުރާނެ އެވެ.
އަތޮޅުތަކުން "އިހުޔާ ފޯރަމް" ގެނެސްދޭނީ ހަފުތާ ބަންދުގަ އެވެ.