ފަހަތުން އަރައި 4-1 އިން ޗެލްސީ ބަލިކޮށް ޕްރިމިއާ ލީގުގައި ދެމިތިބުމަށް ބްރެންޓްފޯޯޑުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެ އެވެ.
މި މޮޅާއެކު ބްރެންޓްފޯޑް މިހާރު އޮތީ 31 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ. ޗެލްސީ އޮތީ 29 މެޗުން ލިބުނު 59 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ.
ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 48 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް ޗެލްސީ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ދެ މިނެޓަށެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި ވިޓާލީ ޔަނެލްޓް އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ކްރިސްޓިއަން އެރިކްސަން ވަނީ ބްރެންޓްފޯޑަށް ލީޑު ނަގާދީފަ އެވެ.
މެޗުގެ 60 ވަނަ މިނެޓްގައި ބްރެންޓްފޯޑުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ޔަނެލްޓް އެވެ. އަދި މެޗުގެ 87 ވަނަ މިނެޓްގައި ޔޯން ވިސާ ވަނީ ބްރެންޓްފޯޑުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ޗެލްސީ ސިއްސުލާވާލާފަ އެވެ.
މިއީ 1939 ވަނަ އަހަރަށްފަހު ބްރެންޓްފޯޑުން ޗެލްސީގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ލީގުގައި މިރޭ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ވަނީ ބާންލީގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލް އިން ވަނީ 2-0 އިން ވޮޓްފޯޑް ބަލިކޮށްފަ އެވެ.