Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

ހުސެން ސޯލިހް މެދު ދާއިރާއަށް ވާދަ ކުރަނީ

ހުސެއިން ސޯލިހް މެދުގައި،

ޖުމްހުރީ ޕާޓީގެ ހިތަދޫ އިސް ބޭފުޅެއް ކަމަށްވާ ހުސެއިން ސޯލިހް އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދައިރާ އަށް ވާދަ ކުރުމަށް ފޯމު އިލެކްޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ފަހު ހުސެއިން ސާލިހް ވިދާޅުވީ ހިތަދޫ މެދު ދާއިރާ އިން ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް އިހްލާސްތެރި މީހަކު އެދައިރާއިން ކުރިމަތިލާން ޖެހޭ ކަމަށެވެ.

ހުސެއިން ސޯލިހް ވިދާޅުވީ ރައްޔިތުން މިއަދު ނިކުމެ މިތިބީ ކަރަޕްޝަނާއި ފަސާދަ ގައުމުން ނައްތާލަން ކަމަށާއި އެފަދަ ފުރުސަތެއް ދޭން ރައްޔިތުން ބޭނުން ނޫން ކަމަށެވެ.

އެގޮތުން ހިތަދޫ މެދު ދާއިރާ އިން ފެންނަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ހިމާޔަތް ކުރަން ޖެހުނު ވަގުތު ގާނޫނު އަސާސީ ވެއްޔާއި މޮޑެލައި ގާނޫނުގެ ބާރު ކަނޑުވާލާފައި ވާ ފަރާތަާއި ކަރަޕްޝަނާއި ފަސާދަ ގައުމުގައި އާއްމުކުރަން އުޅޭ ފަރާތެކެވެ. އެހެންވެ ރައްޔިތުންނަށް އިހްލާސްތެރި ރައްޔިތުންގެ މީހަކު އެ ދާއިރާއިން ނިކުތުމަށް ރައްޔިތުން އެދޭތީ ކަމަށެވެ.

ހުސެއިން ސާލިހް މިއަދު ފޯމް ހުށަހަޅާފައި ވަނީ މެދު ދާއިރާގެ 300 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރަނީ ކުރީގެ ބްރީގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމް ދީދީ އާއި އެލައިޑް އިންޝޫރެންސްގެ ޗެއަމަންކަން ދާދި ފަހުން ލިބުނު ހިޔަލީ މުހައްމަދު ރަޝީދު އެވެ.