އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޤުރުއާން ކުލާސްތަކެއް ހިންގަން ނިންމައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ މާލެ ސަރަހައްދުގެ 11 މިސްކިތެއްގައި ޤުރުއާން ކުލާސްތައް ނަގައިދޭނެ ކަމަށާއި މިހާރު ރާވާފައި އޮތް ގޮތުން ކުލާސްތައް ކުރިއަށް ދާނީ އަސްރު ނަމާދަށް ފަހު ކޮންމެ ހަފުތާއަކު އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ
މިސްކިތްތަކުގައި ނަގައިދޭ ޤުރުއާން ކްލާސްތައް ނަގައިދޭނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ މިސްކިތްތައް ހިމެނޭ ގޮތަށެވެ.
އިސްލާމިކް ޔުނިވަސިޓީން ބޮޑެތި ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
ހުނަރުވެތި ޤާރީންނާ އެކު ނަގައިދޭ އެ ކުލާސްތަކަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.