Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ހިޔާ މާރުކޭޓުން 17 މީހަކަށް ގޮޅި ދީފި

ހިޔާ ފްލެޓް ސަރަހައްދު-- ފޮޓޯ: އައްޑޫލައިވް

ހިޔާާ ސަރަހައްދުގައި ތަރައްގީކުރި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނެފައި ވަނީ މީ ވަގުތީ މާރުކޭޓުން ޖުމުލަ 19 ގޮޅި ދޫކޮށްފައިވާ ކަމަށެވެ.

ގޮޅިތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައި އޮތީ ހިޔާ ފްލެޓްގައި އުޅޭ ފަރާތްތަކަށް އެކަންޏެވެ. އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި 19 ގޮޅިއަށް 558 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ގުރުލައިގެން ގޮޅިތައް ލިބޭ ފަރާތްތައް ހޮވާފައިވާއިރު، 17 ފަރާތަކާއެކު އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުން އަސާސީ ހިދުމަތްތައް ހޯދުމުގައި ދަތިތަކާ އަދިވެސް ކުރިމަތިލާންޖެހެއެވެ. ރޯދަމަހާ ދިމާކޮށް އެސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހުޅުވުން ވެގެން ދާނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނުހަނު ބޮޑު ލުއިފަސޭހަ އަކަށެވެ.