Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ރޯދަ އިނާޔަތް ނުލިބޭނަމަ ހުށަހަޅާ: ލޭބާ އޮތޯރިޓީ

ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރުހާން

ރޯދަ މަހުގެ އިނާޔަތް ނުލިބޭނަމަ އެކަން ރިޕޯޓް ކުރުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެ އެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހެނީ 3،000ރ. އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ޤާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުލިބޭނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެދޭކަމަށެވެ. މައްސަލަ ހުށަހެޅުމަށް އެ އޮތޯރިޓީގެ ވެބްސައިޓަށް ޒިޔާރާތް ކޮށްގެން ނުވަތަ އެ އޮތޯރިޓީއަށް ހާޒިރުވެގެންވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

ރަމަޟާންމަސް ފެށޭއިރު ވަޒީފާގައި ތިބޭ ހުރިހާ ދިވެހި މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތް ހައްޤުވާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެ އިނާޔަތް ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރޯދަ އިނާޔަތާ ގުޅޭގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން ނެރެފައިވާ އިއުލާނެއްގައިވެސް ވަނީ ރޯދަ އިނާޔަތް، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށް ހަނދާން ކޮށްދީފައެވެ.