Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ފުލުހުން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ، ހިތަދޫ ގެދަރު، އިބްރާހިމް ރަޝީދު، 47، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 10:15 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.