ރޯދަ މަހުގެ ރޭތައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން ބާއްވާ ފޯރަމްތަކުގެ ތެރެއިން މި ރޯދަ މަހުގެ ފުރަތަމަ "އިހުޔާ ފޯރަމް" މިރޭ ބާއްވަން ނިންމައިފި އެވެ.
މިރޭގެ ފޯރަމްގައި މެހުމާނުންގެ ގޮތުގައި ބައިވެރިވަޑައިގަންނަވާނީ ޝައިހް އިލްޔާސް ހުސައިނާއި ކިންގް ސަލްމާން މިސްކިތުގެ އިމާމު ނަސްރުﷲ އަލީ އެވެ. އިސްލާމީ މަރުކަޒުގައި މިރޭ 9:30 ގައި ފަށާ ފޯރަމްގެ މައުޟޫ އަކީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ."
1443 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފަށާނެ.
މިރޭގެ މައުޟޫޢުއަކީ ''ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެެވެ.''#އިޙްޔާ#ރޯދަ1443 pic.twitter.com/ZkmDUJDZtc— Ministry of Islamic Affairs (@MVIaffairs) April 3, 2022
މި އަހަރުގެ "އިހުޔާ ފޯރަމް" ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުން ގެނެސްދޭނެ އެވެ. އެގޮތުން މި މަހުގެ ގައި ކުޅުދުއްފުށިން މި މަހުގެ 15 އައްޑޫ ހިތަދޫން، 22 ގައި ފުވައްމުލަކުން އަދި 29 ގައި ރ. އުނގޫފާރުން ފޯރަމް ގެނެސްދޭނެ އެވެ.
"އިހުޔާ ފޯރަމް" ޕީއެސްއެމްގެ ޗެނެލްތަކުން ލައިވްކުރާނެ އެވެ.