ޕާކިސްގެ ރައީސް އާރިފް އަލްވީ އެގައުމުގެ މަޖިލިސް އުވާލައިފިއެވެ.
ޕާކިސްތާނުގެ މަޖިލިސް އުވާލާފައިމިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެކަމަށް ލަފާދިނުމުންނެވެ.
ބޮޑުވަޒީރުގެ ލަފައާ އެއްގޮތަށް ޕާކިސްތާނުގެ މަޖިލިސް އުވާލާފައިވާކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
Pakistan President Arif Alvi approved the dissolution of Parliament on Sunday after the no-trust vote against PM Imran Khan was dismissed.
Read #LIVE updates here:https://t.co/UpG5l0YHPU
— WION (@WIONews) April 3, 2022
ޕާކިސްތާނުގެ މަޖިލިސް އުވާލާ އަވަސް އިންތިހާބެއް ބޭއްވުމަށް ބޮޑުވަޒީރު އިމްރާން ޚާން ޕާކިސްތާނުގެ ރައީސަށް ލަފާދީފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ބޭރުގެ ނުފޫޒު އޮތްކަމަށްބުނެ އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލިނަމަވެސް އިދިކޮޅަށް މެޖޯރިޓީ އޮތްކަން އެފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ޕާކިސްތާނުގެ މަޖިލިސް އުވާލާފައިވާކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އާ އިންތިހާބު 90 ދުވަސް ތެރޭގައި ބާއްވާނެ ކަމަށްވެސް ބުނެފައިވެއެވެ.