Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ގެއެއްގެ ފަސްވަނަބުރިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް-- ފޮޓޯ: އަވަސް އޮންލައިން

ހުޅުމާލެ ގެއެއްގެ ފަސްވަނަބުރިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ރޭ 12:30 ހާއިރު ހުޅުމާލެ ޕިކްޕޯސްޓް ކައިރީ ހުރި ގެއެއްގެ ހަތަރުވަނަބުރިން ކުޑަ ކުއްޖަކު މަގުމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އިމާރާތުގެ މަތިން ވެއްޓިފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.