Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އަވަށު އޮފީސްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. ފައިސާ އޮންލައިންކޮށް ވެސް ދެއްކޭބެ އެވެ. އައްޑޫގައި ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރަން ޖެހޭ އެކައުންޓް ނަމްބަރަކީ 7708700341004 އެވެ. މި އެކައުންޓްގެ ނަމަކީ 1277-Kharadhu 2 އެވެ.

އޮންލައިންކޮޑް ފައިސާ ޖަމާކޮށް ސްލިޕް ފޮނުވަން ޖެހެނީ އަވަށްތަކުން ހާއްސަކޮށްފައިވާ މި ނަމްބަރުތަކަށެވެ. ހިތަދޫ: 7905003، މަރަދޫ: 7360024، މަރަދޫ ފޭދޫ: 7360030، ފޭދޫ: 7360031، ހުޅުދޫ: 7360032 އަދި މީދޫ: 7360034 އެވެ.

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ބާވަތްތަކާއި އަގުތައް:

* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 77ރ.
* ރަތް ހަނޑޫ: 72ރ.
* ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
* ބާސްމަތީ ހަނޑޫ (މޮޅު): 90ރ.
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 132ރ.
* އާދައިގެ ފުށް: 12ރ.
* އާޓާ ފުށް: 75ރ.

ފިތުރު ޒަކާތް ނެރޭނީ އެ ބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯ އެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.