ކެމިކަލްތަކެއް ލީކުވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، މާލޭ އެމްޕީއެލް ސަރަހައްދުގައި، ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދު ސާފުކުރަމުން ދާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މި ހާދިސާގައި ލީކުވެފައިވަނީ ކޮންކަހަލަ ކެމިކަލެއް ކަމެއްވެސް ސިފައިން ހާމަކޮށްފައެއްނުވެއެވެ.