އދ. ހަންޏާމީދޫގެ ބަނދަރު މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހަންޏާމީދޫ ބަދނަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމެންޓް ޕްރޮޖްކެޓް ސައިޓަށް ގެންދެވިފަވާ ކަމަށެވެ. މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ހަންޏާމީދޫގެ ބަނދަރު މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.