މިހާރު ސ. ގަމުގައި ކުރިއަށްދާ "ސްނިކާސް އައްޑޫ ސްޓްރީޓް ސޮކާ"ގެ 3 ވަނަ ދުވަހުގެ މެޗްތައް ހަބޭސް، ވަރެންޑާ ސިޓީ، ޔަންގް މެޖެންޓާ، އަދި ފްރެންޑްސް ކްލަބް ކާމިޔާބް ކުރި އިރު ހަބޭސް ނިއު ޖެނެރޭޝަން އަދި އެސްއެމްޓީ ބައްދަލު ކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެ ނިމިއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 8 ވަނަ މެޗްގައި ފޭދޫ ޕަޓާސް އަދި ހަބޭސް ބައްދަލު ކުރި މެޗް 1-3 ލަނޑުން ކާމިޔާބް ކުރީ ހަބޭސް ޓީމެވެ.
މުބާރާތުގެ 9 ވަނަ މެޗްގައި ފްރެންޑްސް ކްލަބާއި، މެޖެންޓާ ބައްދަލު ކުރި މެޗް 2-1 ލަނޑުން ކާމިޔާބް ކުރީ ފްރެންޑްސް ކްލަބްއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ފްރެންޑްސް ކްލަބްގެ އިބްރާހިމް މުހައްމަދު ދީދީ (އިބީ)އެވެ.
ރޭ ކުޅުނު މުބާރާތުގެ 10 ވަނަ މެޗް ހަބޭސް ނިއު ޖަނަރެޝަން އާއި އެސްއެމްޓީ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
ޔަންގް މެޖެންޓާ އަދި ހިތަދޫ އެފްސީ ޒެފިއާ ބައްދަލުކުރި މެޗް 2-1 ލަނޑުން ކާމިޔާބް ކުރީ ޔަންގް މެޖެންޓާއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ޔަންގް މެޖެންޓާގެ އިބްރާހިމް ނިޒާރުއެވެ.
ރޭގެ ފަހު މެޗްގައި އައްޑޫ ސިޓީ ޕޮލިސް އާއި ވްރެންޑް ސިޓީ ބައްދަލުކުރި މެޗް 4-2 ލަނޑުން ކާމިޔާބް ކުރީ ފްރެންޑް ސިޓީއެވެ.
މިއަދުވެސް މި މުބާރާތުގެ 5 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު 4:15 ގައި ކުޅޭނީ އެފްސީ ގަބީލާ އާއި މަލްޓި ޖީނިއަސް ސިޓީއެވެ. 5 ޖަހާއިރު އެމްއެންޑީއެފް އެފްވައިސީ އާއި ބައްދަލު ކުރާނެއެެވެ.
އަދި މިރޭ 8:45 ގައި ބައްދަލު ކުރާނީ ޝަންގްރިއްލާ އާއި ކަޅަ ބެންޗާއެވެ. 9:30 ޕަޓާސް މަރަދޫފޭދޫ އާއި ދެކޮޅަށް ނިކުންނަ އިރު މިރޭގެ ފަހު މެޗްގައި ކުޅޭނީ ފްރެންޑްސް ކްލަބް އާއި އަބާނީއެވެ.