މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ކަމަށް އަދާލަތު ޕާޓީގެ މަރިޔަމް ޝިމާޒާ އިންތިހާބުކޮށްފިއެވެ.
މާލެ ސިޓީ އަންހެން ކޮމިޓީގެ ރައީސް ކަމުގެ ވޯޓު ނެގީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު ފާތިމަތު ޝިފާ 15 މާޗް ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އާ ރައީސަކު ހޮވުމަށް މިއަދު ބޭއްވި ވޯޓުގައި ރައީސާ އަކަށް ހޮވިފައިވަނީ އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާއެވެ. ޝިމާޒާ އާ އިންތިހާބުގައި ވާދަކުރީ އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދުއެވެ. ޝިމާޒާއަށް 9 ވޯޓު ލިބުނު އިރު ރަޝީދާއަށް ލިބުނީ 6 ވޯޓެވެ. އަދި އެއް ވޯޓު ބާތިލުވެފައިވެއެވެ.
މާލެސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ޖުމުލަ 18 މެމްބަރުން ތިބެންޖެހޭއިރު މިވަގުތު ތިބީ 17 މެމްބަރުންނެވެ. އެއީ އެމްޑީޕީ 12 މެމްބަރުންނާއި، އަމިއްލަ ދެ މެމްބަރުންނާއި، ޕީޕީއެމް މެމްބަރަކާއި، އެމްއާރްއެމް މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރެކެވެ.