Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެކަޑެމީގައި ތިން ބޯޓް، އިތުރު ތިނެއް ގެންނަނީ

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގައި މިހާރު ޓްރޭނިންތަކަށް ތިން ބޯޓް އެބައޮތް ކަމަށާއި އަންނަ ހަފުތާގެ ތެރޭގައ އިތުރު ތިން ބޯޓް ރާއްޖެ ގެންނާނެ ކަމަށް އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނެފި އެވެ.

އެ އެކަޑެމީ އަކީ އެ ކުންފުންޏާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ތަނެކެވެ. އެގޮތުން އޭވިއޭޝަން އެކަޑެމީގެ ފްލައިން ސްކޫލް އައްޑޫގައި ގަމުގައި އޮޕަރޭޓްކުރަނީ ޗެކްރިޕަބްލިކްގެ ފްލައި ސްކޫލުންނެވެ. އެތަނުން ގަމުގައި ފްލައިން ސްކޫލް ފަށައި، ޓްރޭނިން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެގޮތުން ދަރިވަރުންގެ ގަޑިތަކުގެ ސެޝަންތައް ހަމަކުރުމުގެ މަސައްކަތް މި މަހުގެ 28 ގައި ފަށާނެ އެވެ.

ޕްރެޓިކަލް ބައިތަކަށް ބޭނުންވާ ބޯޓްތަކުގެ ތެރެއިން ތިން ބޯޓް މި ވަގުތު ގަމުގައި އޮތް އިރު، އިތުރު ތިން ބޯޓް މި މަހުގެ 11 ގައި ރާއްޖެ އަންނާނެ ކަމަށް އައިއޭސް އިން ބުންޏެވެ.

ކުރިން ސްރީ ލަންކާގެ އޭވިއޭޝަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ގަމުގައި ހިންގި ފްލައިން ސްކޫލް އެކިއެކި މައްސަލަތަކާ ހެދި ހުއްޓާލައި އިރު ޕައިލެޓް ކޯސް ހަދަމުން ދިޔަ 75 ކުއްޖެއްގެ ކިޔެވުމަށް ބުރޫއަރާފައިވެ އެވެ. އެހެންވެ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ފުރަތަމަ ބެޗުން އޭގެ ތެރެއިން 35 ކުއްޖަކަށް ޖާގަ ދީފައިވެ އެވެ.

އައިއޭއެސް އިން ބުނީ އެ އަދަދަކީ މިހާރު ހުރި ވަސީލަތްތަކުން ކުދިންގެ ކިޔެވުމަށް އެކަށޭނެ ގޮތުގައި ކުރިއަށް ގެންދެވޭނެ މިންވަރު ކަމަށެވެ.

އައިއޭއެސް އާއި އެމްއެންޔޫ ގުޅިގެން މޯލްޑިވްސް އޭވިއޭޝަން އެކެޑެމީ އުފެއްދައި ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 14، 2021 ގަ އެވެ.

އެތަނުގެ ކޯސްތަކުގެ އަގުތަކަށް ބަލާ އިރު، އިންޓަގްރޭޓެޑްކޮށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ އަކީ 58،007 ޑޮލަރު (894،468ރ.) އެވެ. އަދި މޮޑިއުލާކޮށް، ކިޔަވާ ނަމަ ފީ އަކޯީ 59،626 ޑޮލަރު (919،433ރ.) އެވެ.