Last Updated: June 29, 21:20
Monday, June 29, 2026
މީހުން

ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް އެކްސިޑެންޓްވެއްޖެ

ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް މަރިޔަމް ވަހީދު މިއަދު ހެނދުނު ސައިކަލް ދުއްވަމުން ދަނިކޮށް އެކްސިޑެންޓެއްވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މަރިޔަމް ވަހީދު އެކްސިޑެންޓްވީ މިއަދު ހެނދުނު ކޯޓަށް ވަޑައިގެންނެވި މަގުމަތީ ހިތަދޫ ޒޯން ސްޓޭޑިއަމް އާ ދިމާލުން ކާރެއްގައި ޖެހިގެންނެވެ.

މި ހާދިސާ އާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް މަރިޔަމް ވަހީދު މި ވަގުތު އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ މެޖިސްޓްރޭޓުގެ ގައިގެ އެކި ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.